25 މީހުނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ އިންޖީނުގައި ރޯވެއްޖެއެވެ.

އެމްއެންޑިއެފުން ބުނީ ރޯވެފައި ވަނީ އއ. ރަސްދޫއިން މާލެއަށް ދަތުރު ކުރި ލޯންޗެއްގެ އިންޖީނުގައި ކަމަށެވެ.

އަލިފާން ރޯވި އިރު ލޯންޗުގައި ތިބީ 23 ފަތުރުވެރިންނާއި ތިން ފަޅުވެރިން ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ރޯވެފައި ވަނީ "ނަވި-2" ނަމަކަށް ކިޔާ ލޯންޗެއްގައެވެ. އެ ލޯންޗުގެ އިންޖީނުގައި ރޯވުމުން ފަތުރުވެރިން އެހެން ލޯންޗެއްގައި މިހާރު ވަނީ ރަސްދޫއަށް ގެންގޮސްފައެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާއާ ގުޅިގެން ލޯންޗަށް ލިބިފައިވާ ގެއްލުމާއި ރޯވާން މެދުވެރިވި ސަބަބު ހޯދަމުންދާ ކަމަށެވެ.