ބިދޭސީން ރާއްޖެއަށް މަސައްކަތް ކުރަން ގެންނަން ދޫކުރި ސްޕެޝަލް އެކްސްޓެންޝަންގެ ހިދުމަތް މާދަމާއިން ފެށިގެން ހުއްޓާލަން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ރާއްޖެއަށް މަސައްކަތް ކުރަން ގެންނަ ބިދޭސީންނަށް ދޫކުރަމުން ދިޔަ ސްޕެޝަލް އެކްސްޓެންޝަންގެ ހިދުމަތް މާދާމާއިން ފެށިގެން ހުއްޓާލަން ނިންމާފައިވަނީ ކޮވިޑާއި ގުޅިގެން ކަމަށެވެ.
މިފަދަ ހުއްދައެއް އިކޮނޮމިކް މިނިސްޓްރީން ދޫކުރަން ނިންމާފައި ވަނީ ކޮވިޑް-19 ފެތުރުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ކުރިމަތިވި ދަތިތަކާ ގުޅިގެންނެވެ.
އެގޮތުން ކޮވިޑްގެ ސަބަބުން ވަނީ ދިވެހިރާއްޖޭގެ ވަޒީފާ އަދާ ކުރަން ގެންނަ ބިދޭސީންނަށް، ދޫކުރާ ހުއްދަ (ވޯކް ޕާމިޓް އެންޓްރީ ޕާސް އަދި ކުރިން އަމަލު ކުރަމުން ދިޔަ ގަވާއިދުގެ ދަށުން ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލް) ގެ ދަށުން ރާއްޖެ އެތެރެ ވާން ދޭ 90 ދުވަހުގެ ތެރޭގައި ރާއްޖެ އެތެރުވުމުގައި ދަތިތަކެއް ކުރިމަތި ވުމުން އެ މިނިސްޓްރީން ވަނީ "ސްޕެޝަލް އެކްސްޓެންޝަން" ހިދުމަތް ފޯރުކޮށް ދީފައެވެ.