ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ، ކޮވިޑް-19އަށް ޕޮޒިޓިވް ވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޕާކިސްތާނުގެ ރައީސްއަށް ރައީސް ފޮނުއްވެވި އެ މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

އަދި އެ މެސެޖުގައި ޕާކިސްތާނާ ދިވެހިރާއްޖޭގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ރައީސްއަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ.

ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ، ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު މި މަހު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވެ ވެފައެވެ.

ކޮވިޑް-19ގެ އާލާސްކަންފުޅާ އުޅުއްވާ ޕާކިސްތާނުގެ ބޮޑުވަޒީރަށް މި މަހުގެ 21 ވަނަ ދުވަހު ރައީސް ސޯލިހު ވަނީ މެސެޖެއް ފޮނުވާފައެވެ. އެ މެސެޖުގައި، ޕާކިސްތާނާއި ރާއްޖޭގެ ރަހުމަތްތެރި ގުޅުން އެގޮތުގައި ދެމި އޮންނާނެކަމަށާއި އަދި ދެގައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގައި ވެސް ވިދާޅުވެފައި ވާ ކަމަށް ރައީސް އޮފީހުން ހަބަރު ދެއެވެ.