ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ 92 އިންސައްތަ މީހުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ދީފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ފުލުހުންނާއި މަދަނީ މުވައްޒަފުން ހިމެނޭ ގޮތަށް 92 އިންސައްތަ މީހުނަސް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށެވެ.

ފުލުހުންގެ އިދާރާގައި ގާއިމުކޮށްފައިވާ ޑީއެންއޭ ލެބޯޓަރީއަކީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައިގެންފައިވާ ލެބޯޓަރީއެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮވިޑް-19 އިގެ ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފުލުހުންގެ މެޑިކަލް ބޯޑުގެ ބެލުމުގެ ދަށުންނެވެ.