ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި، ތިން މީހަކާއި 18 އަހަރުންގެ ދަށުގެ ކުޑަކުއްޖަކަށް ދައުވާކުރަން މި މަހުގެ އަށްވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިދިޔަ މަހު ތަށްވަނަ ދުވަހު މާމެންދޫގައި ހިނގި އެ މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި މަރާލި އުދައްޔުގެ ހަށިގަނޑު މިދިޔަ މަހު 15ގައި ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށްފަހު 18ވަނަ ދުވަހު ވަނީ އަނބުރާ ރާއްޖެ ގެނެސްފަ އެވެ.

އެ މާރާމާރީގައި އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށް ވެސް ވަނީ އަނިޔާ ލިބިފައެވެ.