ދަރުމަވަންތަ ހޮސްޕިޓަލު ބޭރުގައި ހުރި ގަސްތަކުގެ ތެރެއިން ކެނަބިސް ގަހެއް ކަމަށް ޝައްކުުކުރެވޭ ގަހެއް ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ ދަރުމަވަންތަ ހޮސްޕިޓަލު ކައިރީގައި ކެނަބިސް ކަމަށް ބެލެވޭ ގަހެއް ހުރެގެން ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.
މާލެއިން ކެނަބިސް ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިފައި ވާއިރު، މިދިޔަ އަހަރު ކ. ދިއްފުށިން ވެސް ވަނީ ކެނަބިސް ގަހެއް ކަމަށް ބެލެވޭ ބޮޑު ގަހެއް ފެނިފައެވެ.
ކެނަބިސް އަކީ މަސްތުވުމުގެ އިތުރަށް ބޭސްވެރިކަމަށް ވެސް ބޭނުން ކުރާ ފަތެކެވެ.
ދޭތެރެ ދޭތެރެއިން ރާއްޖެއިން ވެސް ދަނީ މަސްތުވުމަށް ބޭނުން ކުރާ ވައްތަރުގެ ފަތްތައް ފެންނަމުންނެވެ. އަދި ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި މަސްތުވާ ތަކެއްޗާ އެކު މީހުން ދަނީ ހައްޔަރުވެސް ކުރަމުންނެވެ.
މީ ސައިމާ. ޖިއޮމެތްރީ މިއަސަލަ ހުންނަނީ ...
މި އީ ކެނަބިސް ގަހެއް ނޫން. މި އީ ސައި މާ ގެ ވައްތަރެއް. ފަތުގަ ވައްތަރު ގޮތެެއް ހުރި ނަަވެސް މުޅިން ތަފާތު. މި ގަހުގަ އަޅަނީ މެރޫން ކުލައިގެ ސައި މަލެއް. ގޫގްލް ސަރޗް ކޮއްލެއްވުމުން ފެންނާނެ ތަފާތު ކަން