ލ. ގަމުގައި ސައިކަލް އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، ލ. ގަމު މުކުރިމަގުގައި ދެ ސައިކަލެއްގެ ޖެހި އެކްސިޑެންޓް ހިނގައިގެން އުޅޭ ކަމަށް މިއަދު ހަވީރު ރިޕޯޓު ކޮށްފައި ވާ ކަމަށެވެ. މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާ ލިބިފައި ވަނީ 2 ދިވެހިންނާއި ބިދޭސީ މީހަކަށް ކަމަަށް ފުލުހުން މައުލޫމާތު ދެއެވެ. އެއީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 28 އަހަރުގެ ދިވެހި އަނހެނެއްގެ އިތުރުން އުމުރުން 32 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި ތިން މީހުންނަށް ވެސް ދަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ދަނީ އިތުރަށް ބަލައި ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.