ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރަން އުޅެ ނުވި، ފްލޯޓިންގް ސިޓީ ކޮންސެޕްޓް އެޅުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

އެ މަޝްރޫ އިފްތިތާހު ކުރުން އޮތީ މިއަދު ޓޫރިޒަމް މިނިސްޓްރީގައެވެ. އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޑަޗް ޑޮކްލެންޑްސް ކުންފުނީގެ ލޯކަލް ކޮންސަލްޓެންޓެއް ކަމަށްވާ އިބްރާހިމް ރިޔާޒް ބުނީ އެ މަޝްރޫގެ ދަށުން ތަރައްގީ ކުރަނީ މާލެ އަތޮޅު އުތުރުގައި އޮތް 200 ހެކްޓަރުގެ ފަޅެއް ކަމަށެވެ.

ފްލޯޓިން ސިޓީގައި ހުންނާނެ ތަންތަން:

  • 5000 ގެ
  • ޔޮޓް މެރިނާއެއް
  • 2 ރިސޯޓު
  • އިންޓަނޭޝަނަލް ރެސްޓޯރެންސްޓް
ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ފްލޯޓިންގް ސިޓީގެ ކުރެހުމެއް / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރިޔާޒު ބުނީ އެ ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި ކައުންސިލްގެ އިތުރުން ސަރުކާރު އެހެން ހިދުމަތްތައްވެސް ލިބިގެން ހުންނާނެ ކަމަށެވެ. އަދި އެ ތަނުގައި އެޅުމަށް ހަމަޖެހިފައިވާ ގެތައް އާންމު ފަރާތްތަކަށް ގަތުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ.

ފްލޯޓިން ކޮށް އޮންނާނީ އެކަމަކު ބިމުގަ އުޅުމެކޭޭ އެއްވެސް ތަފާތެއް ނުހުންނާނެ ހަމަ، ފެރީގަ މާލެ ހުޅުމާލެ އެއާޕޯޓަށް ދެވޭނެ ނިޒާމް ހަމަޖެހިގެން ދާނެ،
ރިޔާޒް

މީގެ އިތުރުން އެ ސިޓީއަކީ އާންމު ދިރިއުޅުމަށް އެއްވެސް އުނދަގުލެއް ނެތި އުޅެވޭނެހެން ބައްޓަން ކުރެވިފައިވާ ސިޓީއަކަށް ވެގެން ދާނެ ކަމަށް އޭނާ ބުނެއެވެ.

ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ފްލޯޓިންގް ސިޓީގެ ކުރެހުމެއް

ފްލޯޓިންގް އައިލެންޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ރިސޯޓެއް ހަދަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެއްބަސްވުން ހެދިއެވެ. އެގޮތުން އެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ، ރައީސް ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރުވެސް ވަނީ ސޮއި ކޮށްފައެވެ.

ނެދަލެންޑްސްގެ އީޖާދެއް ކަމުގައިވާ ފްލޯޓިންގް އައިލެންޑްސް ބޭނުން ކޮށްގެން ރާއްޖޭގައި ރަށްތަކެއް ހެދުމަށް 2 ބުރަކަށް ސޮއި ކުރި ފްލޯޓިން ޕްރޮޖެކްޓް ކުރިއަށް ގެންދަން މަސައްކަތް ކުރީ "ޑަޗް ޑޮކްލޭންޑްސް" ނަކަމަށް ކިޔާ ކުންފުންޏާ އެކުއެވެ. މި ކުންފުންޏަކީ ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ އިސް މުވައްޒަފެއްގެ މަސްލަހަތުވެސް އޮތް ކުންފުންޏެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު މަސްލަހަތު އޮތް މީހުން ރައީސް ޔާމީނުގެ ވެރިކަމުގައި ބަދަލު ކުރި އެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އެ ކުންފުންޏަށް ލީ މީހާ މިހާރު ވަނީ އިސްތިއުފާ ދީފައެވެ.