މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ. އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތި ލާން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިމަހު 22 ވާ ހޯމަ ދުވަހުގެ 1:30ގެ ނިޔަލަށެވެ.

އެ މަގާމަށް ކުރިމަތިލާން އެދޭ ފޯމު ލިބޭނީ ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓުންނެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވާއިރު، ދާދި ފަހުން އެ ކޮމިޝަނުގެ މެންބަރު ކަމަށް ރާއްޖެ ޓީވީގެ ނޫސްވެެރިޔާ މުހައްމަދު ފަޒީން ވަނީ އައްޔަން ކޮށްފައެވެ.

ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިބެންޖެހެއެވެ. އެކޮމިޝަންގައި ފަޒީންގެ އިތުރުން ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަޙްމަދު ގައިސް އާއި، މެންބަރު އާމިނަތު ސަރާޙަތު އިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު އަލީ ޔޫސުފް އަދި މެންބަރު އާމިނަތު އަމީނާއެވެ.