ނައިބު ފައިސަލް ނަސީމް ހުންނެވީ އެމްޑީޕީއާއެކު ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލްގެ ކެމްޕޭންގައި ނައިބު ރައީސް ފައިސަލް ނަސީމް، އެމްޑީޕީއާއެކު ހުންނެވި ކަމީ އެމަނިކުފާނު ރާއްޖެއަށް ހެޔޮ އެދިވަޑައިގަންނަވާ ކަމުގެ ފުރިހަމަ ދަލީލެއް ކަމަށެވެ.

އެފަދައިން ވިދާޅުވެ ރައީސް ނަޝީދު ވަނީ ފައިސަލް ނަސީމާއެކު ސައިފޮދު ހިއްޕަވަން އިންނެވި ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، ނައިބް ރައީސަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ނައިބު ރައީސްކަމަށް ހޮވިވަޑައިގެންފައި ވާ ބޭފުޅެކެވެ. ރައީސް ނަޝީދު އެފެދައިން ވިދާޅުވެފައި ވާ އިރު ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ގައުމީ ވަންތަ ރައްކާތެރި ރޫހެއްގައި ކުރިއަށް ގެންގޮސް އަލިވިލޭނީ މާއަލިގަދަ ފަތިހަކަށް ކަމަށެވެ.

ނައިނު ރައީސް ފައިސަލް އެމްޑީއާއެކު ހުންނެވި ކަމަށް ނަޝީދު ވިދާޅުވި އިރު، ލޯކަލް ކައުންސިލް އިންތިހާބުގައި ފައިސަލް ނިސްބަތްވާ ޖުމްހޫރީ ޕާޓީންވެސް ގިނަ ކެންޑިޑޭޓުންތަކެއް އެކި ދާއިރާތަކަށް ވާދަ ކުރެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ އޭޕްރީލް 10 އެކެވެ.

އިންތިހާބު ބާއްވާ ދުވަސް ގާތްވަމުންދާ އިރު އީސީން ދަނީ އިންތިހާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ