ފ. ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ފަތުރުވެރިއެއް ޑައިވިންއަށް ގޮސްގެން އުޅެނިކޮށް އޭނާގެ ފައިގައި މިޔަރެއް ދަތް އަޅައި ޒަހަމް ވެ ފަރުވާއަށް މާލެއަށް ފުރައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެއަތޮޅު ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ، އެ ރަށު ސިއްހީ މަރުކަޒަށް ދާދި ދެންމެ އަކު ފިލިތެޔޮ އައިލެންޑް ރިސޯޓުން ފަތުރުވެރިއެއް ހާއްސަ ފަރުވާއަށް އެމަޖެންސީކޮށް ގެނެސްފައިވާ ކަމަށެވެ. އޭނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ ޑައިވިންއަށް ގޮސް އުޅެނިކޮށް ފައިގައި މިޔަރެއް ދަތް އަޅައިގެން ކަަމަށް ޖަލީލް ވިދާޅުވިއެވެ.
އެ ފަތުރުވެރިޔާގެ ފައިގެ ފަލަމަސްގަނޑުގައި މިޔަރު ދަތް އަޅައިގެން ވަރަށް ބޮޑަށް ޒަހަމް ވެފައި ކަމަށް ޖަލީލް ވިދާޅުވިއެވެ. އަދި މިހާރު އޭނާ ވަނީ އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް އެ ރަށުން ފުރާފައި ކަމަށް ވެސް ޖަލީލް ވިދާޅުވިއެވެ.
ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ވެފައި ވާއިރު، އެއީ ކޮން ގައުމަކަށް ނިސްބަތްވާ ފަތުރުވެރިއެއް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.
ވީގޮތް ދިރާސާ ކޮށް ބެލުން ޜަނގަޅު... މިޔަރު ހަމަލާ ދިންވާހަކަ ބުނާ އިރު ... ބައެއްގެ އަމަލުގެ ސަބަބުން މިހާދިސާ ދިމާވަން މިޖެހުނީ ... އޭގެ މަހައުލުން އެއަށް ކާންލިބޭ ނަމަވެސް އިންސާނުން ގޮސް ކާންދީ ހެދުމުން ކުރިމަގުގަ މީގެ ބިރުވެރި ހާދިސާ މިދިމާވަނީ
މިޔަރުތައް މަރާލަންވީ.