ރޭ 2 ބިދޭސީއެއްގެ ދެމެދު ހިންގި މާރާމާރީގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެންދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީ އެއްގެ ދެމެދުގައި ހިންގި މާރާމާރީގައި އަނިޔާވެގެން ފަރުވާ ދެމުން ދިޔަ މީހާ މިއަދު 11:59ގައި މަރުވެފައިވާ ކަމަށް ތ. ވޭމަންޑޫ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މާރާމާރީ އާ ގުޅިގެން ބަންގްލަދޭޝްގެ 42 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައިވެސް ދޭތެރެ ދޭތެރެއިން ނުރައްކާތެރި މާރާމާރީތައް ހިންގައެވެ. އަދި ބައެއް ފަހަރު ބިދޭސީން އެކަކު އަނެކަކަށް ހަމަލާ ދީ މަރާލާފައިވެސް އެބަހުއްޓެވެ.

އެގޮތުން 2019 ވަނަ އަހަރު ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝައަށް ނިސްބަތްވާ ލުތުފަރު ނަމަކަށް ކިޔާ މީހަކު ވަނީ މަރާލާފައެވެ. އޭނާ މަރާލާފައިވަނީ ބޯޓުގައި އޭނާއާ އެކު މަސައްކަތް ކުރި ބަންގްލަދޭޝްގެ ތިން މީހެކެވެ.

ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގައި ބަރު އެއްސުމަށްފަހު އޭނާ ވަނީ ކަނޑުފައްތާލާފައެވެ. ލުތުފަރުގެ ކަށިތައް ފުލުހުން ވަނީ ފީނައިގެން ހޯދާފައެވެ. ލުތުފަރު މަރާލި މައްސަލާގައި ދައުވާ އުފުލި މީހުން ވަނީ އޭނާ މަރާލިގޮތް ފުލުހުންގެ ތަހުގީގަށް ކުޅެދީފައެވެ