މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް އައްޑޫ ސިޓީގައި ފާހަގަ ކުރުމަށް ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ދުވަސް އައްޑޫގައި ފާހަ ގަކުރުމަށް އިސްނެގީ އައްޑޫ ސިޓީ ކައުންސިލުން ކަމަށެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރަން ނިންމާފައި ވާއިރު، ކޮވިޑް-19އާ ގުޅިގެން އައްޑޫގެ ފަތުރިވެރި ކަމަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާ ވަނީ ބައްދަލު ކޮށްފައެވެ.

އެގޮތުން އެ ބައްދަލުވުމުގައި އައްޑޫގެ ޓޫރިޒަމް ފުޅާކުރުމަށް ކުރަން ހުރި މަސައްކަތްކާއި ލޯކަލް ޓޫރިޒަމް ތަރައްގީ ކުރަން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް އޭޑީސީން ވަނީ ބުނެފައެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހަކީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހެވެ.