ބ. ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެއެވެ. އޭނާ ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވަނީ "ދަ ޕްރެސް" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ފެހެންދޫގައި 10 އަހަރުގެ ކުޑ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ މެންދުރު 2:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާއިރު، އެ ރަށު ކައުންސިލުން ވަނީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ފަޒީލް ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ.