ޏ. ފުވައްމުލަކުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އިތުބާރު ހުރި ފަރާތަކުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ކާރު ކޮންޓްރޯލް ނުވެ ގޮސް، ގަސްތަކެއްގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓްވި އިރު ކާރުގައި ތިބީ ދެ މީހުން ކަމަށާއި އެކްސިޑެންޓްވީ ވަގުތު އޭގެ ތެރެއިން އެކަކު ނަގައިގެން ހޮސްޕިޓަލަށް ގެންގޮސް ސީޕީއާރްދީފައިވާ ކަމަށެވެ. ނަމަވެސް އޭރުވެސް ކާރުގައި އިން ދެވަނަ މީހާ ކާރުގައި ތާށިވެ، ނުނެގޭ ކަމަށް އޭނާ ބުނެއެވެ. ކާރުގައި ތާށިވި ދެވަނަ މީހާ ފަހުން ނަގައިގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވީ އިރު ކާރުގައި ތިބީ އެ ދެ ފިރިހެނުން އެކަންޏެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 4:45 ހާއިރު ފުވައްމުލަކު ނައިބު ތުއްތު މަގުގައެވެ.