ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ދިން ފަހުން، އުމުރުން 93 އަހަރުގެ މީހަކު މިއަދު މަރުވެއްޖެއެވެ. އެޗްޕީއޭއީން ބުނީ މިއަދު މަރުވި މީހާއަކީ ވެކްސިން ދިން ފަހުން ރާއްޖޭގައި މަރުވި ފުރަތަމަ މީހާކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިތުރަށް ބުނީ، އެމީހަކީ، ގިނަ ބަލިތަކަށް ބޭސް ކުރަމުން ދާ މީހެއް ކަމަށާއި، ބަލީގެ ސަބަބުން އެދުމަތިވެފައި އޮންނަތާ 10 އަހަރު ވެފައި ވާ މީހެއް ކަމަށެވެ.

އެޗްޕީއޭއިން ބުނީ އޭނާއަށް ކޮވިޝީލްޑް ވެކްސިން ޖެހީ މިހިގާ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ، އެމީހާ މަރުވީ ވެކްސިން ޖެހި ފަހުން ކަމަށް ވުމާއެކު، މަރުވި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގަން ފަށާފައި ވާ ކަމަށެވެ. އަދި އޭނާ މަރުވީ ވެކްސިންގެ ސަބަބުން ކަމަށް ނުވުމަކީ އެކަށީގެން ވާ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ވެކްސިން ޖެހިފަހުން އުމުރުން ދުވަސް ވީ މީހަކު މަރުވި އިރު، އޭނާ މަރުވި އިރު ކޮވިޑަށް ޕޮޒިޓިވް ކަމަކަށް އެޗްޕީއޭއަކުން ނުބުނެއެވެ.