މާލޭގެ ކެފޭއެއްގެ ތެރޭ ރޭ ހަމަނުޖެހުމެއް ހިންގުމަށްފަހު ފިލަން އުޅުނު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ، އެކަން ހިނގާފައި ވަނީ، ރޭ 8:00 ހާއިރު ބޮޑުތަކުރުފާނު މަގު ގައި ހުންނަ ކެފޭއެއްގެ ތެރޭގައި ކަމަށެވެ.

އެ ހާދިސާގައި ފިލަން މަސައްކަތް ކުރި ތިން މީހުންގެ ތެރެއިން އެކަކު، ހުޓުވަމަށް މަސައްކަތް ކުރި ފުލުހަކަށް ހަމަލާދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އަންހެނަކާއި ދެ ފިރިހެނުންނެވެ. އަންހެން މީހާގެ އުމުރަކީ، 25 އަހަރެވެ. ދެ ފިރިހެނުންނަކީ 25 އަހަރާއި 28 އަހަރުގެ މީހުންނެވެ.

އެ ހާދިސާ ހިނގާދިޔަ ގޮތުގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވާއިރު، އެކަމާ ގުޅޭ އިތުރު ތަފްސީލެއްވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.