މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ 1442 ވަނަ އަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލުމަށްޓަކައި ރަޖިސްޓާ ވާން ހުޅުވާލަން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން، އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓާ ވާން ފޯމު ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރަޖިސްޓާ ވާން އެދޭ ފޯމު މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެ ކަމަށައި ފޯމު ހުށަހަޅާނީ އިސްލާމިކް މިނިސްޓްރީގެ އީމެއިލް އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށް، ދިިރިއުޅުމުގެ ހާލަތު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެކަމާ ގުޅިގެން ފަގީރުންގެ ލިސްޓަށް އަރާނެ މީހުންގެ އަދަދުވެސް ވަނީ އިތުރުވެގެން ގޮސްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ފަގީރުންނާއި މިސްކީނުންގެ ލިސްޓު ރިވިއު ކޮށްފައި ވައިރު، އަލަށް ރިވިއު ކުރި ލިސްޓުގައި 11514 މީހަކު ވެއެވެ. މީގެ ކުރިން އާންމު ކުރި ލިސްޓުގައި ވަނީ 8764 މީހެކެވެ. އެ ފަރާތްތަކަށް ބަހަން ހަމަޖެހިފައި ވަނީ ބޮލަކަށް 2000 ރުފިޔާއެވެ.