މާލެ ސަރަހައްދުގައި ކޮވިޑް19 ކޭސްތައް އިތުރުވުމާ ގުޅިގެން މާލޭ ސަރަހައްދުގައި އެއްގަމު އުޅުން ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު އިއުލާން ކޮށްފައިވާ ގަޑިތަކުގައި ޒަރޫރީ ބޭނުމަށް ގެއިން ބޭރަށް ނިކުންނަ ފަރާތްތަކަށް ފުލުހުން ހުއްދަ ދޫކުރަން ފަށައިފިއެވެ.
ދުލުހުން ބުނީ މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ޕޮލިސްގެ ޕާމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، ހުއްދަ ދެވޭނީ ޑިއުޓީ ނުވަތަ މަސައްކަތަށް ދިއުމަށާއި އައުމުގެ އިތުރުން އެއާޕޯޓް ޓްރާންސްފާ އާއި ކާބޯތަކެތި ޑެލިވަރކުރުމަށް ކެފޭ/ރެސްޓޯރެންޓުތަކަށް ކަމަށް ފުލުހުން ބުނެއެވެ.
ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ފުލުހުންގެ ޕޯޓަލް މެދުމެރިކޮށް ހުއްދަ އަށް އެދިގެން ލިބޭނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ޕޮލިސް ޕާމިޓް ސެންޓަރަށް ގުޅޭނެ ނަންބަރަކީ 1665 އެވެ.
މާލޭގައި ކޮވިޑް ކޭސްތައް އިތުރު ވުމާއި ގުޅިގެން ކޮވިޑް ކޮންޓްރޯލް ކުުރުމަށް އިއްޔެއިން ފެށިގެން ވަނީ މާލެ ސިޓީގައި އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މަގުމައްޗަށް ނުކުތުންވެސް ވަނީ މަނާކޮށްފައެވެ.