މިހާރު ހިނގަމުންދާ 21 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް 33 ބިލެއް ހުށައެޅުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

33 ބިލެއް ހުށަހަޅަން ނިންމާފައިވައިރު، އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ ފަހު ދައުރަށް ހުށަހަޅާނެކަމަށް ހާމަކުރި 28 ބިލްގެ ތެރޭގައި ހިމެނޭ 13 ބިލަކާއި މިދައުރަށް އަލަށް ހުށަހަޅާ 20 ބިލެކެވެ.

ހުށައަޅަން ނިންމާފައިވާ 33 ބިލު:

  1. ކޮވިޑް ވެކްސިން ދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ބިލް
  2. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  3. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  4. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  5. ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  6. އެކިއެކި ލިޔުންތަކުގައި ރެނެވިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލް
  7. މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލް
  8. އެއްގަމުދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  9. ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  10. ކާބޯތަަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ބިލް
  11. ވިހެއުމާއި މަރުވުން ރަޖިސްޓްރީ ކުރުމުގެ ބިލް
  12. ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް
  13. އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް
  14. ގިންތި ކުރުމުގެ ބިލް
  15. ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  16. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  17. ހެއްކާބެހޭ ބިލް
  18. ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް
  19. ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  20. އިންތިގާލީ އިންސާފުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  21. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލް
  22. ފޮރިން އިންވެސްޓްމަންޓްގެ ބިލް
  23. ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  24. އިލެކްޓްރޯނިކް މުއާމަލާތްތަކާއި ބެހޭ ބިލް
  25. ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކުރުމުގެ ބިލް
  26. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  27. ގަލާއި ވެއްޔާއި އަކިރި ނެގުމުގެ ގާނޫނުގެ ބިލް
  28. ނަފްސާނީ ސިއްހަތުގެ ބިލް
  29. ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  30. މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  31. ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  32. ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  33. ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް

33 ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ހާމަކޮށްފައިވާ ނަމަވެސް އެއްވެސް ބިލެއްގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.