ހުޅުމާލެއިން މާދަމާ ރޭ 11:00 އިން ފެށިގެން 4 ގަޑިއިރަށް ފެނުގެ ހިދުމަތް މެދު ކަނޑާލާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، މާދަމާ ރޭ 11:00 އިން ފެށިގެން މެންދަމު 3:00 އާ ދެމެދަށް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން ފެން ކަނޑާލަން ނިންމާފައި ވަނީ ވޯޓާ ޑިސްޓްރިބިއުޝަން ސިސްޓަމްގެ އަޕްގްރޭޑިން މަސައްކަތެއް ކުރުމަށް ކަމަށެވެ.

އެހެންކަމުން އެ ވަގުތުގައި ހުޅުމާލެއިން ފެނުގެ ހިދުމަތް ކަނޑަލާތީ އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީ އަކީ ފެނުގެ ހިދުމަތާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. މެދުކެނޑުމެއް ނެތި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އެ ކުންފުނިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.