ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާފުޅި އަތުލައިގެންފިއެވެ.
ފުލުހުން ބުނީ ބަނގުރާ ހުރި ކަމަށް ތުހުމަތު ކުރެވިގެން ހުޅުމާލޭގައި ވެހިކަލެއް ހުއްޓުވާ ބަލާ ފާސް ކުރަމުން ގެންދާ ކަމަށެވެ.
އެ ވެހިކަލް އޮތް ސަރަހައްދު ބަންދުކޮށް ފުލުހުން ހަރަކާތްތެރި ވަމުން ދާއިރު ވެހިކަލްގައި ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް ހުއްޓެވެ.
މިއީ ކޮން ބަޔަކު އުފުލި އެއްޗެއް ކަމެއް، އަދި ކޮންތާކަށް އުފުލާ އެއްޗެއް ކަމެއް ފުލުހުން ނުބުނެއެވެ.
ކޮވިޑް-19އާ ގުޅިގެން މިފަދަ ކުއްތައް ކުރުން މަދުވެފައިވީ ނަމަވެސް މާލެ ސަރަހައްދުން މިބާވަތުގެ ކަންކަން ދަނީ ފެންނަމުންނެވެ.
އަދި ގްރޫޕް މާރާމާރީ ތަކާއި މަސްރުވާ ތަކެތީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.