ކޮވިޑް ކޭސްތައް ގިނަވަމުން ދާތީ މިސްކިތްތަކުގައި ސަމާލުވާންވީ ކަންކަން ހަނދާން ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން މާލެ ސިޓީގެ އިމާމުންނާ ބައްދަލު ކޮށްފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ، ކޮވިޑް-19 ހާލަތު އިތުރަށް ގޯސްވަމުން ދާތީ, މިސްކިތްތަކަށް ދާ ފަރާތްތައް ސަމާލުވާންވީ ކަންތައްތައް އެންގުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން އިމާމުންނާ އެކު މަޝަވަރާގެ ބައްދަލު ވުމެއް ބާއްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ މާލެ ސިތީގެ މިސްކިތްތަކުގެ އިމާމުން ކަމަށް ވެސް އަފަރާހް ވިދާލުވިއެވެ.
އެ ބައްދަލުވުމުގައި ވަނީ ކޮވިޑް ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އިމާމުންނަށް ހަނދާން ކޮށްދީ މިސްކިތަތްކުގައި އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ހަނދާން ކޮށްދީފައި ކަަމަށް އަފްރާހް ވިދާޅުވިއެވެ. މިހާރު ކޮވިޑް ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ހަރުކަށި ކުރުމުގެ ގޮތުން އިތުރު ފިޔަވަޅެއް އެޅުމާ މެދު އަދި މަޝްވަރާ ކުރެވިފައި ނުވާ ކަމަށް ވެސް އަފރާހް ވިދާޅުވިއެވެ. އެގޮތުން އަދި މިސްކިތްތައް ބަންދު ކުރަން ނިންމާފައި ނުވާކަން އަފްރާހް ފާހަގަ ކުރެއްވިއެވެ.
ކޮވިޑް ކޭސްތައް މިދިޔަ އަހަރު އިތުރުވަމުން ދިއުމާއެކު މިސްކިތަތއްވެސް ކުރިން ވަނީ ބަންދުކޯށްފައެވެ. ނަމަވެސް މިދިޔަ އަހަރު ކޭސްތައް މަދުވަމުން އައުމުން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކާއެކު ވަނީ މިސްކިތަތައް ހުޅުވާފައެވެ. މިދިޔަ އަހަރު ފަހުކޮޅު ކޭސްތައް މަދުވަމުން އައި ނަމަވެސް މިއަހަރު ފެށުމާއެކު އަނެއްކާ ވެސް ވަނީ ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައެވެ.
މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 706 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އެއީ 215 ކޭސްއެވެ. އެއީ މި އަހަރު ވެސް އެންމެ ގިނަ ކޭސް ރިޕޯޓު ކުރި ދުވަހެވެ.