ރާއްޛޭގެ އެންމެ ދެކުނުގައި އޮންނަ އެއް އަތޮޅު ކަމުގައި ވާ އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފިއެވެ.

އެ އަތޮލޫ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ ކަން އެޗްއީއޯސީން ވަނީ ކަށަވަރިކޮށްދީފައެވެ. އެޗްއީއޯސީން ބުނީ، މިއަދު ސ. ހިތަދޫއިން 2 މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ އަތޮޅު މޮނިޓަރިންއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވި ދެމީހުންނަކީ ވެސް އަލާމަތްތަކާއެކު ފްލޫ ކްލިނިކަށް ދައްކައިގެން ސާމްޕަލް ނަގާފައިވާ ދެމީހުންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ، ހިތަދޫ އިން ޕޮޒިޓިވްވ ކޭސްއާ ގުޅިގެން އައްޑޫ ސިޓީ އެއްކޮށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ހުޅުދޫ އާއި މީދޫ މޮނިޓަރިންގެ ހާލަަތަށް ބަދަލުކޮށްފައި ވާނީ ހުޅުދޫއިން ފެނިފައިވާ ކޭސްތަކާކާ ގުޅިގެން ކަމަށް ވެސް ސޯދިގް ވިދާޅުވިއެވެ.

މިއަދު ހިތަދޫއިން ފެނުނު ކޭސްއާ ގުޅިގެން މުޅި އައްޑޫ ސިޓީ މޮނިޓަރިންއަށް ބަދަލުކުރި ކަން ފާހަގަ ކުރައްވަމުން ސޯދިގް ވިދާޅުވީ، ހިތަދޫ ކޭސް އާ ގުޅިގެން މޮނިޓަރީންއަށް ލާން ޖެހުނީ ހިތަދޫ އާ ދެން ހުރި ރަށްތައް ގުޅިފައި ހުރުމުން ކަަމަށެވެ. ހިތަދޫ އާ ގުޅިފައި ހުރި ރަށްރަށުގެ ތެރޭގައި ހިމެނެނީ، ގަމާއި، ފޭދޫ އާއި މަރަދޫ ފޭދޫ އަދި މަރަދޫ އެވެ.

ހުޅުދޫ އާއި މީދޫ މޮނިޓަރީންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު ހުޅުދޫން 4 މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.