އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ވެކްސިނެއް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ދައްކަމުންދާ ވާހަކަތަކަށް މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެން ހެރިޓޭޖް ޔުމްނާ މައުމޫން ރައްދު ދެއްވައިފިއެވެ.

އެކަމާ ގުޅިގެން ޔުމްނާ ވަނީ ވެކްސިނާއި މެދު ސުވާލު އުފައްދައި ވެކްސިން ގޯސްކަމަށް ވާހަކަ ދައްކާނަމަ އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ސައިންސްވެރިންގެ ޓީމުން ޕީޕީއެމްގެ ލެބޯރިޓީގައި ވެކްސިން ތައްޔާރުކޮށް ނުދިނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ޕީީ.ޕީ.އެމް ގެ ސައެންޓިސްޓުންގެ ޓީމުން ޕީޕީ.އެމް ގެ ލެބްގައި ވެކްސީންއެއް ތައްޔާރު ކޮށްދެއްވި ނަމަ ރައްޔިތުންނަށް މާ ފަސޭަހަ ވީސް ނޫންތޯ؟
ޔުމްނާ

ޔުމްނާ އެފަދައިން ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނީ އިދިކޮޅު ކޯލިޝަނުން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، އެ ވެކްސިންގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވަމުމަށް ގޮވާލާފައި ވާތީއެވެ.

އަދި ވެކްސިންގެ ރައްކާތެރި ކަމާއި ގުޅޭގޮތުންނާއި، ދުނިޔޭގައި މިހާރު ބޭނުންކުރަމުންދާ ވެކްސިންގެ ތަފްސީލުތައްވެސް ހާމަކޮށް، އެ ބައްދަލުވުމުގައި ވިދާޅުވެ މުންދު ވާހަކަ ދައްކަވާފައި ވާއތީއެވެ. މުންދު ވަނީ އެ ބައްދަލުވުމުގައި ދިން މައުލޫމާތު ތަކަކީ ދިރާސާތަކެއް ކުރުމަށްފަހު ސިއްހީ މާހިރުންގެ ލަފަޔާއި މަޝްވަރާގެ މަތީން އެއްކޮށްފައިވާ މައުލޫމާތަކަށް ބިނާކޮށް ދީފައިވާ މައުލޫމާތުތަކެއް ކަމަށް ވެސް ވިދާޅުވެފައެވެ.