ރައީސުލްހުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހަސަން މިރޭ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރި ގޮތުން ސަރުކާރުގެ އެފަދަ މަސްއޫލިއްޔަތެއް އަދާ ކުރެއްވުމަށް އުޒުރުވެރިވާތީ ކަމަށެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވާއިރު، ރައީސް އޮފީހުގެ ޕްރެސް ޓީމަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އެގޮތުން ރައީސް އޮފީހުގެ މިހާރުގެ ތަރުޖަމާނަކީ މުހައްމަދު މަބުރޫކް އަޒީޒެެވެ.