5 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ފަށައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާމެދު ގޮތެއް ނިންމާ ތަހްގީގު ކުރުމަށް އެ ކޮމިޝަނުން ތަހްގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި، އެ ކޮމެޓީ އެކުލަވާލާފައި ވަނީ ހައިކޯޓުގެ 4 ފަނޑިޔާރެއްގެ މައްސަލައާއި، ދ.މީދޫ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ކަމަށެވެ.
ޖޭއެސްސީން ބުނީ ހައިކޯޓުގެ 4 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަމުން ދަނީ ފަނޑިޔާރުންގެ ގާނޫނާއި ހިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ.
އެ މައްސަލާގައި ތަހުގީގް ކުރަމުންދަނީ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމާއި އަބްދުﷲ ހަމީދުގެ އިތުރުން އަލީ ސަމީރުގެ މައްސަލައެކެވެ.
މީގެ އިތުރުން، ދ.މީދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ ޝަފީގުގެ މައްސަލައެއް ބަލަމުންދަނީ ދ. މީދޫ ކޯޓަށް ހުށަހެޅިފައިވާ ގަޒިއްޔާއަކާ ގުޅިގެން ހައްޔަރުގައި ހުރި މީހެއްގެ ބަންދު މުރާޖާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ(ޕީޖީ) އޮފީހުން ހުށަހެޅުމުން އެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި އަހަރު ދުވަސް ވެފައިވުމާއި، އަދި އެ ގަޒިއްޔާގައި އަޑުއެހުންތައް ފަށައި ނުގަނެ އެކަށީގެންވާ މިންވަރަށް ދިގުމުއްދަތެއްވެފައިވާތީ، އެ މައްސަލަ ބައްލަވާ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން ކަމަށް ބުނާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުނެއެވެ.
މީގެ އިތުރުން ހައިކޯޓުގެ ފަޑިޔާރުގެ ތެރެއިން ޖޭއެސްސީން މިހާރު ބަލަމުންދާ އަނެއް މައްސަލައަކީ ފަނޑިޔާރު ފާތިމަތު ފަރްހީޒާ، ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވެވި ޝަރީއަތުގެ މަޖިލިހެއް ނިމުނީކަމަށް އިއުލާންކުރެއްވުމަށްފަހު، މައްސަލައިގައި ހިމެނޭ ޚަސްމަކާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލަ ކަމަށް ޖޭއެސްސީން ބުނެއެވެ.
މިއޮތީވާސަރުކާރެއް އެންމެންގެ ކަރުގަ ހަމަ އެހިފަނީ މި މީހުންނަށް އެއްވެސް މީހަކު ވޯޓް ނުދޭތި މީ ގައުމައް ޖެހިފަ އޮތްބޮޑު ބަލާއެއް