ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް މިރޭ ބުރޫ އަރާފާނެ ކަމަށާއި، ހިދުމަތްތައް ހޯދުމުގައި ދަތިތައް ހުރެދާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ

ބީއެމްއެލްއިން ބުނީ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ބުރޫ އަރުން އެކަށީގެން ވަނީ މެއިންޓެނަންސްގެ މަސައްކަތެއް ކުރަން ހަމަޖެހިފައި ވާތީ ކަމަށެވެ. އަދި އެ ހިދުމަތަށް ބުރޫ އެރުން އެކަށީގެން ވަނީ މިރޭ 1:30 އިން ފެށިގެން 3:30 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެވަގުތުތައް ކަނޑައަޅާފައި ވަނީ ކަސްޓަމަރުންނަށް ވެދާނެ އުނދަގޫތައް ކުޑަ ކުރުމަށްޓަކައި ކަމަށެވެ. އަދި ހިދުމަތަށް ބުރޫ އަރާތީ، ބީއެމްއެލް އިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

ބީއެމްއެލްއިން މީގެ ކުރިން ވެސް މެއިންޓެނަންސްގެ މަސައްކަތައް ކުރަނީ އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ. އެގޮތުން އާންމުކޮށް މިފަދަ މަސައްކަތް ކުރަނީ އާންމުކޮށް އަންގާ އިއުލާން ކުރުމަށްފަހު ދަންވަރު ވަގުތުތަކުގައި ކަން ފާހަގަ ކުރެވެއެވެ.