މިއަދު ރާއްޖެއިން 65 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 38 މީހަކާއި، ހިންގަމުންދާ ރިސޯޓަކުން 26 މީހެއްހެ އިތުރުން އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން އެކެކެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 14،830 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 47 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،731 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1042 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 69 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު އިއްޔެ 50 އަށް އަރަފައިވާއިރު އިއްޔެ ހެނދުނު ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެހެންކަމުން މިހާރު މި ބަލީގައި ނިޔާވެފައި ވަނީ 43 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 50 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މި މަހުގެ ފުރަތަމަ ހަފްތާގެ ކޮވިޑް ކޭސްތަކުގެ ތަފްސީލަށް ބަލާއިރު ޖެނުއަރީ 1 އިން ޖެނުއަރީ 7 ވަނަ ދުވަހާ ހަމައަށް ވަނީ 231 ޕޮޒިޓިވް ކޭސް ފެނިފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 1 ގައި 47 ކޭސްއެވެ. މީގެ އިތުރުން މި މަހުގެ 8 އިން 14 އަށް ކޮވިޑް ކޭސްތައް އިތުރުވަމުން އައިސްފައިވާ އެ ހަފްތާގައި ޖުމްލަ 337 ޕޮޒިޓިވް ކޭސް ފެނިފައި ވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 12 އަދި 13 ވަނަ ދުވަހު 59 ކޭސްގެ ގޮތުގައެވެ.
މި މަހުގެ 15 އިން 21 އާ ހަމައަށް ބަލާއިރު، އެ ހަފްތާގެ ތެރޭގައި ޖުމްލަ 440 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. އަދި މިއަދުގެ 65 ކޭސްއާއެކު މުޅި ޖެނުއަރީ ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މި ވަނީ 1073 އަށް އަރާފައެވެ. މި މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓވް ވެފައި ވަނީ 87 މީހުންނެވެ.