ބާޒާރުން ލޮނުމެދު ލިބުން ދަތިވެ އަގުތައް އުފުލިއްޖެއެވެ.
މާލޭގެ ކަންމަތީ ފިހާރަތަކުން ލޮނުމެދު ކިލޯއެއްގެ އަގު 100 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުރި އިރު އަގު އުފުލިފައި ވަނީ ބާޒާރުން ލޮނުމެދު ނުލިބޭތީ ކަމަށް ބައެއް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.
ބައެއް ވިޔަފާރިވެރިން ބުނާ ގޮތުން ލޮނުމެދުގެ އަގު އެހާ ބޮޑަށް އުފުލިފައި ވަނީ ޗައިނާ އިން ލޮނުމެދު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުންނެވެ. މީގެ އިތުރުން ކޮވިޑާ ގުޅިގެން ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ލޮކްޑައުން ކޮށްފައި އޮތް އޮތުމަކީވެސް ލިބުމަށް އޮތް ހުރަހެކެވެ. މި ކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ބައެއް އަދި ނުލިބެއެވެ.
މާލޭގެ މަޖީދީ މަގުގައި ރެސްޓޯރެއްޓެއް ހިންގާ މީހަކު ބުނީ ލޮނުމެދު ގެ އަގު އިންތިހާއަށް އުފުލިފައި ހުރި ނަމަވެސް، މަދު 2-3 އިން ތަނަކުން 50ރ އަށް ކިލޯ ލިބެން އެބަ ހުރި ކަމަށެވެ. އެއީ ކޮން ތަންތަނެއް ކަމެއްކަން އޭނާ ހާމަ ނުކޮށް ބުނީ އެއީ ބާޒާރު މަތީގައި ހުރި 2 ތަނެއް ކަމަށެވެ.
ރާއްޖެއަށް ތަކެތި އެތެރެ ކުރާ ފަރާތްތަކުން އެންމެ ގިނައިން ލޮނުމެދު ގެންނަނީ ޗައިނާއިންނެވެ.
ރާއްޖޭގެ ބާޒާރުން ލޮނުމެދު ލިބުން ދަތިވެފައި ވާއިރު، މިދިޔަ އަހަރު ވަނީ ކޮވިޑްގެ ސަބަބުން ފިޔާ އެތެރެ ކުރުމަށް ދިމާވި ދަތިތަކެއްގެ ސަބަބުން އަގު އުފުލިފައެވެ.