މިދިޔަ ޑިސެމްބަރުގެ ކުރިން ބިޒްނަސް އަދި ސްޕެޝަލް ވިސާގައި ރާއްޖެއަށް އައިސް ނުފުރި ތިބި ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރަން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، މިގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުގެ ބޯޑަރު ބައިނަލް އަގްވާމީ ދަތުރު ފަތުރަށް ހުޅުވާފައި ނުވާތީ ކަމަށެވެ. އެގޮތުން ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގެ ދަށުން ރާއްޖެއަށް އައިސް ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ބިދޭސީންގެ ތެރެއިން އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް ނިންމާފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށެވެ.
މިގޮތަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޭން ނިންމާފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ދޫކޮށްފައިވާ ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގެ ދަށުން ރާއްޖެ އެތެރެ ވެފައިވާ ބިދޭސީންނަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެ މީހުނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރާނީ، އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަ ކުރުމުން ކަމަށާއި އޭގެ އިތުރުން އެ މިނިސްޓްރީން އަންގާ 3 ކަމެއް ފުރިހަމަ ކުރުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އެ ގޮތުން އެޕލްިކޭޝަން ހުށަހަޅާ އިރު އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް އެދޭކަން ބަޔާން ކުރާ ސިޓީ ހުށަހެޅުމާއި 15 ދުވަހަށް ވުރެ މަދު ނޫން މުއްދަތެއްގެ ބިޒްނަސް ވިސާ ނުވަތަ ސްޕެޝަލް ވީސާއެއް އޮތް ކަން އެނގޭނެ މައުލޫމާތު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިކޮނޮމިކް އިން ބުނެއެވެ.
މީގެ އިތުރުން އެޕްލިކޭޝަން ހުށަހެޅާ އިރު، އެ ހުށަހަޅާ ފަރާތަކީ ރާއްޖޭގައި މިވަގުތު ހުރި ފަރާތެއްކަން ބަޔާން ކުރަން ވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރިން ބުނެއެވެ.
މޮޅު ގޮތް ގޮތަށް ރާވައިގެން މި ގައްމުގެ ރައްޔިތުންނަަަށް ވަޒީފާ ނުލިބިގެން އުޅޭ އިރު މި ކަލޭގެ މި ހާވަނީ ކޮން ރަޑަ އެއްތަ.