އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ ގެސްޓު ރޫމެއްގައި ކަމަށެވެ.

އަދި ރޯވި އަލިފާން މިހާރު އެ ރިސޯޓުގެ މުވައްޒަފުން ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ލޯންޗު މިހާރު އެ ރިސޯޓަށް ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފަިއވަނީ މިއަދު މެންދުރު 2:15 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އެ ގެސްޓް ރޫމަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއްވެސް ސާފެއް ނުވެއެވެ.