މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަފާރީގައި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މެންދުރު 1:24 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ އެހެން ލޯންޗަކުން ސަފާރީގައި ތިބި މީހުން ނަގާފައިވާ ކަމަށާއި މިހާރު ސަފާރީން އަލިފާން ރޯވެ ދުން އަރަމުންދާތަން ނުފެންނަ ކަމަށް އާންމު ފަރާތަކުން އެންމެއެންޑީއެފް ފަޔާ އޮޕަރޭޝަނާ ގުޅާ އާންމު ފަރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި އެ ފަރާތުން މީހަކަށް އަނިޔާވެފައި ނުވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.