ފުވައްމުލައް ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އެބަދެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ފުވައްމުލައް ސިޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި ވަނީ ފުނާޑު އަވަށު ޝިއާރާ ސައިޓް ކައިރިން ކަމަށެވެ. 2 ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 11:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި، އުމުރުން 49 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި މި ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާވި ދެމީހުންގެ ދެމީހުންގެ ތެރެއިން 49 އަހަރުގެ މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަނިޔާވި 23 އަހަރުގެ މީހާގެ ވެސް ހާލު ސީރިއަސް އިރު، އެ ދެ މީހުން ވެސް އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި 2 ސައިކަލު ވެސް ވަނީ ނުދުއްވޭ ވަރަށް ހަލާކު ވެފައެވެ. އަދި އަނިޔާވި 2 މީހުންނަކީ ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.
ދުއްވިލެއް އަދިވެސ މާ މަޑު. އެހެރީ އެކްސިޑެންޓް ވި ތަނުގައި ކުނޑިކޮޅު ވިއްޔަ.. މަގު ބަންދުކުރަން ޕެޓިޝަނެއް ހަދާ. ގޯސް ވާނީ މަގު. ކުރިންވެސް ގޯސްވީ މާނެރާ ސަރަހައްދު ވިއްޔަ. އެތަނުގަ ދުއްވާ، އެތަނަށް އެރޭ މީހުން އޯކޭ ވާނެ.