ގދ. ތިނަދޫ ފެން ޕްލާންޓްގައި ހުރި ކޮންޓެއިނަރު ތަކެއްގައި ރޯވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމްއާއި އެ ރަށުގެ ރައްޔިތުން އަދި ފުލުހުން ދަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނީ، ގދ. ތިނަދޫ ގައި ދަގަނޑު ޓޭންކެއް ކެފުމުގެ މަސައްކަތް ކުރަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ގދ. ތިނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެއެވެ.