ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 17 މީހަކާއި، މީހުން ދިރިއުޅޭ ރަށްތަކުން ދެ މީހަކާއި ރިސޯޓްތަކުން ދެ މީހެކެވެ. މިއަދު 21 މީހަކު ޕޮޒިޓިވް ވީ ނެގި 2715 ސާމްޕަލްގެ ތެރެއިންނެވެ.

މި ވަގުތު ކޮވިޑަށް ޕޮޒިޓިވް 694 މީހަކު ރާއްޖޭގައި ތިބި އިރު، އޭގެ ތެރެއިން 44 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 13988 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 13238 އަށް އަރާފައި ވާއިރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުން ފިޔަވައި އެހެނިހެން މީހުން 10 ދުވަހަށް ފަހު ރަނގަޅު ވީ ކަމަށް ބަލައެވެ. އެމީހުން ރަނގަޅު ވީ ކަމަށް ބަލާއިރު، އިތުރު ޓެސްޓެއް ނުހައްދައެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން ނިޔާވީ 49 މީހެކެވެ. މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 42 ދިވެހިންނާއި ހަތް ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 49 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.