އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންގެ މެދުގައި ތަފާތު ކުރުން ގެންގުޅެ އެ ކުދިންނަށް ފުރައްސާރަ ކުރާ މައްސަލަ ބަލައި ދިނުމަށް އެދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާއިފިއެވެ.
މިނިސްޓަރު ނަހުލާ މިކަން ހާމަ ކުރެއްވީ ފްލައިން ސްކޫލްގެ މައްސަލައިގައި ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ފްލައިން ސްކޫލުގެ މައްސަލަ ފެންމަތިވެގެން އައިއިރު، އެ މައްސަލައިގެ ތެރެއިން ނަސްލީ ތަފާތު ކުރުމާއި ފުރައްސާރައިގެ ވާހަކަތައް ފެންމަތިވެގެން އައިސްފައިވާ ކަމަށެވެ.
ފްލައިން ސްކޫލުގެ ބައެއް ފަރާތްތަކުން ދަރިވަރުންނަށް ފުރައްސާރަކޮށް، ނަސްލީ ތަފާތު ކުރުން ގެންގުޅެމުންދާ ކަމުގެ މައުލޫމާތު މިނިސްޓަރާ ހަމައަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ނަހުލާ ވިދާޅުވީ މި މައުލޫމާތު ލިބިފައި ވަނިކޮށް ދާދި ފަހުން ސިޓީއަކުން އެ މައްސަލައިގެ ތަފްސީލާއެކު ލިބި ވަޑައިގެންނެވި ކަމަށެވެ.
އެހެންކަމުން އެ ސިޓީ މިހާރު ޖެންޑާ މިނިސްޓްރީއަށް ފޮނުވާފައި ވާއިރު، އެ މައްސަލަ ބަލައި ދިނުމަށް އެދި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އަށް ދަންނަވާފައި ވާނެ ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ފްލައިން ސްކޫލުގެ މައްސަލައާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ އެންމެ ބޮޑުވީ 2015 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ. އަދި ސަރުކާރު ބަދަލުވެ މިނިސްޓަރުގެ ކަމުގެ މަގާމާއި ހަވާލުވި އިރު ވެސް ފްލައިން ސްކޫލުގައި މައްސަލަތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ރަސްމީ ހައިސިއްޔަތެއްގައި ސްކޫލުގެ މައްސަލަ ސިޓީއެއްގެ ޒަރިއްޔާއިން ޓްރާންސް ޕޯޓު މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މަގާމާއި ހަވާލުވިތާ 6 މަސްދުވަސްވީ ފަހުން އަމިއްލަ މީހެއްގެ ފަރާތުން މި މައްސަލައިގެ ޝަކުވާ މިނިސްޓްރީއަށް ލިބުނު ކަމަށެވެ. އަދި އޭރު އެ މައްސަލަ ރަސްމީ ސިފައެއްގައި ހުށަނޭޅި ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާ ހަވާލުކޮށްގެން ބަލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ސްޓޭޓް މިނިސްޓަރު އެ މައްސަލަ ބެއްލެވި އިރު އޭރު އެތަނުގައި އެހާ ބޮޑު މައްސަލަތަކެއް ހުރިކަން ފާހަގަވެފައި ނުވާ ކަމަށެވެ. އަދި އޭގެ ފަހުން ސޯޝަލް މީޑިއާއިންނާއި އެކި ގޮތްގޮތުން މި މައްސަލަ ބޮޑުވެގެން ދިޔަކަން ފާހަގަ ކުރެވުމާއެކު، މައްސަލަ ބެލުމަށް މިނިސްޓަރު ނަހުލާ އަމިއްލައަށް ހަވާލުވެ ވަޑައިގެންނެވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަބުނީމެއްނު.ތިޔަ ސުކޫލަކީ ސަރުކާރުގެ ބޮޑެތި ބަޔަކަށް ބައި އެޅޭ ގޮތަށް އޮތް ތަނެކޭ.އަދި އެމީހުންނަށް ވީ ގެއްލުމަށޭ ކިޔާފަ ސަރުކާރުން ލާރިގަނޑެއް ނުދޭނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ.ބަލަން ތިބޭތި.
ތިޔަ އައިޝާ ތީ އެއްވެސް ކަމެއް ކުރަން ދަންނަ މީހެއް ނޫން ހަމައެކަނި އެނގޭ ހާވެސް ކަމަކީ ކިއްލި ތެޅުން އެބޭ ފުޅާގެ މިނިސްޓްރީ ގެ ހުރިހާ ކަމެއް ބޮއްސުން ލާފަ ލައިސަންސް އާކޮއް ލަން ހުޝައެޅި އަސް މަސް ދުވަހުން ވެސް ނުނިމޭ