މި މަހުގެ 10 ވަނަ ދުވަހު ސްކޫލްތައް ހުޅުވުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހުން ކިޔެވުން ފެށޭނީ އެލްކޭޖީން ފެށިގެން ގްރޭޑް 12 އާ ދެމެދުގެ ގްރޭޑްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް މި މަހުގެ 10 ވަނަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކިޔެވުން ފެށޭނި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ދެމެދުގެ ދަރިވަރުންނަށް ކަމަށް އެ އެޑިއުކޭޝަނުން ބުނެއެވެ.

މިދިޔަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމް މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ ތާމް ނިމޭނީ އަންނަ ޖޫން މަހުގެ 24 ވަނަ ދުވަހު ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

2020 ވަނަ އަހަރުގެ ދިރާސީ އަހަރުގައި ކިޔަވައި ދިނުން ދިގު ދެމިގެން ގޮސްފައިވަނީ ރާއްޖޭގައި ކޮވިޑް ބަލިމަޑުކަން ފެސތުރި ސްކޫލަތަކުގައި ކިޔަވައިދިނުން މަޑު ޖައްސާލުމުގެ ސަބަބުންނެވެ. ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު ވަނީ އޮންލައިން ކްލާސްތައް ހިންގާފައެވެ. އަދި މިދިޔަ އަހަރު ފަހު ކޮޅުގައި ވަނީ ސްކޫލްތަކުގައި ގްރޭޑް 7 އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުން ވަނީ ކޮންމެ ހަފްތާއަކު ދެ ދުވަހު ސްކޫލަށް ހާޒިރުކޮސް ކިޔަވައިދީފައެވެ.

މި މަހުގެ 10 ވަނަ ދުވަހު ސްކޫލް ހުޅުވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެފައި ވީ ނަމަވެސް ސްކޫލަށް ދަރިވަރުން ކިޔަވަން ދާން ޖެހޭ އުސޫލެއް އަދި ހާމައެއް ނުކުރެއެވެ.