ސަރުކާރުން ދަނީ މަސްވެރިންނަށް އޮޅުވާލަމުން ކަމަށާއި، މަސްވެރިން ހާލުގައި ޖެއްސީ މިއަދު ވެރިކަމުގައި ތިބި މީހުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ "ވިސްނާ"ގެ ނަމުގައި ރޭ އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ 2018 ވަނަ އަހަރު ގެ ރިޔާސީ އިންތިހާބަށް ރަައީސް ޔާމީނަށް މަސްވެރިންގެ ވޯޓް ލިބިދާނެތީ އެ ވޯޓްތައް ގެއްލުވާލުމަށްޓަކައި އޭރުގެ އިދިކޮޅުގައި އޮތް އެމްޑީޕީގެ އިސް ބޭފުޅުން ރާއްޖެއަށް ބޭރަށް ވަޑައިގެން ގައުމާއި ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ގޮތަށް އެތަށް ކަމެއް ކޮށްފައިވާ ކަމަށެވެ.
އޭރު އެމްޑީޕީން ކުރި މަސައްކަތުން ޔޫރަޕްގެ ގައުމުތަކުން ދިވެހި މަސް ގަތުން ހުއްޓާލި ކަމަށާއި، އަލުން އެކަން ފަށާނީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ކަންކަމަށް ރާއްޖޭގައި ފުރުސަތު ހުޅުވާލުމުން ކަމަށް ބުނެ އެކަމަށް ޝަރުތުކުރި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އެގޮތުން އެއްޖިއްސުން ގުޅުން ހިންގުން ހުއްދަ ކުރުމާއި އަންހެނުންނަށް ވެސް ވަރި ކުރެވޭ ގޮތް ހެދުމަށް ޝަރުތު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ މަސްވެރިންނަށް އިތުރު ގޮތްތަކެއް ރައީސް ޔާމީން ހޯއްދަވައި ދެއްވި ކަމަށެވެ. އެގޮތުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށް ރާއްޖޭގެ މަސް ޗައިނާގެ މާކެޓަށް ވިއްކޭނެ ގޮތް ކުރީ ސަރުކާރުން ހަމަޖެއްސި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިއަދު މަސްވެރިން ހާލުގައި ޖެހިގެން އުޅެނީ މިފްކޯ ހާލުގައި ޖެހިގެން ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސްވެރިން ހާލުގައި ޖެހިގެން އުޅެނީ އޭރު އެމްޑީޕީން ކުރި ކަންތައްތަކުގެ ސަބަބުން ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމަށް އައިސް ޗައިނާއާއެކު ވެފައިވާ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލުމުން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ކުރުގޮތަކަށް ބުނެލާންޖެހެނީ އަތުގައި ނެތްބާރެއް މިހާރު ނުލިބިނެތް މިޤައުމުގެ ދިފާޢީ އަދި ޢަމުނު ބަލަހައްޓާ ބާރުތައްވެސް ކުއްޔަށް ލިބިއްޖެ، އެންމެ ބިރުވެރި މީހަކީ ރިޓަޔަރޑް ކާރނަލް ނާޒިމް. އެފަރާތަށް އެމްޓީސީސީ ހަވާލުކުރީމާ އަރއެންސީ އުދުހެނީ. ދެންއިސްތިއުފާ ދެއްވާށޭ ބުނެލެވޭލެ މީހެއްނެތް. ޢެކަމަކު ރައްޔިތުން ބަނޑަށް: