ތިލަފުށީ ފަޅުގައި އޮތް ދެ އުޅަނދެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު 2 މީހަކު މާލެއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާގައި ދެ މީހަކު ފިހިގެން އައިޖީއެމްއެޗަށް ގެންގޮސްގެން ފަރުވާ ދެމުންދާ ކަމަށެވެ. މިޙާދިސާގައި ފިހިފައިވަނީ ދިވެއްސަކަށާ ބިދޭސީ މީހަކަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި ޒަހަމްވި ދެ މީހުންގެ ތެރެއިން ބޮޑަށް ފިހިފައިވަނީ ދިވެހި މީހާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ދޯންޏަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެވަގުތު އެ ދޯންޏާ ކައިރި އިތުރު ދޯންޏެއް އޮތް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ފަޔާ ލޯންޗުން އެ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީއަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 04:39 ހާއިރު ކަމަށެވެ. އަލިފާން ރޯވީ ފަޅުގައި އޮތް ދޯންޏެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ ދޯނީގެ ވާ ކަނޑާލުމާ ގުޅިގެން ދޯނި ފަޅުން ބޭރަށް އޮޔާ ދާ ކަމަށެވެ. އަދި ހަވީރު 05:30 ގައި ދެ ދޯނިގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.