ކަނޑަށް ވެއްޓުނު ދިވެހި މަސްވެރިޔަކަށް މިޔަރެއް ހަމަލަދީ ޒަހަމް ކޮށްލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ، ޅ. ފާދޫ ބޮއި ކައިރީގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ މަސްވެރިއަކު ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހަމަލާދިނުމުން އޭނާ ޒަހަމްވެފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:36 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާގައި އަނިޔާވީ ޅ. ނައިފަރު ޒިކުރާ ދޯނީގެ އުމުރުން 40 އަހަރުގެ މަސްވެރިއަކަށެވެ.

އެ މީހާ ޒަހަމްވެގެން ސިއްހީ އަވަސް ފަރުވާއަށް އޭނާ ނައިފަރަށް ގެންދިޔުމަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެ މިހާއަށް ލިބިފައިވާ ޒަހަމްގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައި ނުވިނަމަވެސް އެމީހާގެ ފައިގެން މައި ނާރަށް ގެއްލުން ވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ.