ހދ. ކުޅުދުއްފުށީގައި މިރޭ ހަވާ އަރުވައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށީގައި ހަވާ އަރުވާފައި ވަނީ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގައި އެރަށުގައި މިއަދު ހަވީރު ހިނގާލުމެއް ބޭއްވުމަށް ފަހު މިރެއެވެ.

ކުޅުދުއްފުށީގައި މިރޭ ހަވާ އެރުވުން / ފޮޓޯ: އެމްއެންޑީއެފް

އެގޮތުން ހަވާ އަރުވާފައި ވަނީ މިރޭ 08:00 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގައި މިއަދު ބެއްވި ހިނގާލުމުގެ ތެރެއިން / ފޮޓޯ: އެމްއެންދީއެފް

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ކުރިއަށް ދާ ދުވަސްތަކުގައި ސިފައިންގެ ވަޒީފާއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ސިފައިންގެ އާއި ސިފައިންގެ ވަޒީފާ އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެގޮތުން މިއަދު ކުޅުދުއްފުށި އަތޮޅު ތައުލީމީ މަރުކަޒުގައި ސިފައިންގެ ވަޒީފާއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ސިފައިންގެ އާއި ސިފައިންގެ ވަޒީފާ އާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސިފައިންގެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މިގޮތުން ސިފައިންގެ ވަޒީފާގައި ކުރިއަށް ދެވޭނެ ދާއިރާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކޮށްފައިވާ ސިފައިންގެ މަރުކަޒުތަކާއި ސިފައިން ގޭގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކުޅުދުއްފުށީގެ އިތުރުން ހއ. ދިއްދޫ އާއި ހއ. އިހަވަންދޫގައި ވެސް މި ޕްރޮގުރާމު ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.