ކޮވިޑާ ގުޅިގެން ރާއްޖެއިން 8741 ބިދޭސީއަކު ފޮނުވާލި އިރު ކޮވިޑްގެ މުއްދަތުގެ ތެރޭގައި ރާއްޖެ ގެނައި ބިދޭސީންގެ އަދަދު ހޯދުމަށް ކުރި މަސައްކަތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން، އެ މައުލޫމާތު ނުލިބުނު މައްސަލައިގައި، އެ މިނިސްޓްރީއަށް އަދަދުތައް ނޭނގޭ ކަމަށް މި ހަބަރުގައި ލިޔެފައި އޮތީ މައުލޫމާތުގެ ކުށަކުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ދިން ޖަވާބުގެ ސްކްރީން ޝޮޓެއް

މި ހަބަރުގެ ސުރުހީ އާ ގުޅޭގޮތުން މިނިސްޓްރީން ދިން މައުލޫމާތުގައި ބުނެފައި އޮތީ، "އަދި މިނިސްޓްރީން އިތުރަށް ޗެކްކުރަން ހުރީމައި މިވަގުތު އެއްޗެއް ބުނެވެން ނެތް ކަމަށެވެ. އަދި މީޑިއާތަކަށް މިނިސްޓްރީން މައުމޫލާތު ދޭނެ ކަމަށް" އެވެ. މި ޖަވާބަކީ، ރާއްޖެއަށް އެތެރެ ކުރި ބިދޭސީންގެ އަދަދު ސާފު ކުރުމަށް މަސައްކަތް ކުރިތާ 6 ދުވަސް ފަހުން ދީފައިވާ ޖަވާބެކެވެ.

މައުލޫމާތުގެ މި ކުށަށް ކިޔުންތެރިންގެ ކިބައިގެން މައާފަށް އެދެމެވެ.