ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ހަދާ ޓެސްޓުތައް މިއަދުން ފެށިގެން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ، ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ހައްދާ ލެބޯޓަރީ ޓެސްޓްތައްް މެދުކެނޑިފައި އޮތުމަށްފަހު މިއަދުން އެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

އެގޮތުން މިކަމަ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި، އެ ހޮސްޕިޓަލުގެ ލެބޯޓަރީ މެޑިސިން ޑިޕާޓްމަންޓްގެ ނަންބަރު 3335122 އަށް ގުޅުމަށް އައިޖީއެމްއެޗުން ބުނެއެވެ.

ކޮވިޑް ބަލިމަޑުކަން ރާއްޖޭގައި ފެތިރެން ފެށުމާއެކު އައިޖީއެމްއެޗް ހޮސްޕިޓަލުން ގިނަ ހިދުމަތްތަކެއް ދިނުން ހުއްޓާލިއެވެ. ނަމަވެސް ހާލަތު ބަދަލުވަމުން އައި ވަރަކަށް އެ ހޮސްޕިޓަލުން އެ ހިދުމަތްތަައް އަލުން ދެވޭނެ އިންތިޒާމްތައް ހަމަޖައްސާ ރައްކާތެރި ފިޔަވަޅުތަކާ އެކީގައި ހިދުމަތް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ހޮސްޕިޓަލުން ބުނެފައި ވަނީ ކޮވިޑް ނޫން އެހެނިހެން ބަލިތަކުގެ މީހުންނަށް ލިބެންޖެހޭ ފަރުވާ ދިނުމަކީ ނުހަނު މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.