މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އާބިޓްރޭޝަންގެ ހިދުމަތްތައް ރަސްމީކޮށް ފޯރުކޮށްދޭން ފަށައި އޮންލައިންކޮށް މައްސަލަ ހުށަހެޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

އާބިޓްރޭޝަން ސެންޓަރުން ބުނީ، ވާޗުއަލް ހިދުމަތްތަކާއެކު އެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެ ކަމަށެވެ. އަދި ވާޗުއަލް ހިދުމަތް ތައާރަފްކުރުމުން، ވީހާވެސް ގިނަ ބަޔަކަށް އެ ސެންޓަރުގެ ހިދުމަތް ލިބުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އެ ސެންޓަރުން ބުނެއެވެ.

މިއަދުން ފެށިގެންރަސްމީކޮށް އެ ސެންޓަރުން ހިދުމަތް ދޭން ފަށަފައިވާ އިރު އެ ސެންޓަރުގެ ވެބްސައިޓު މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ އާބިޓްރޭޝަން ސެންޓަރުން ބުނެއެވެ.

އެ ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން ފެށީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭގެ ފަހުން ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލުމާއި ކޭސް މެނޭޖްމަންޓް ޕޯޓަލް އެއް ގާއިމުކުރުމާއި އެ ސެންޓަރުގެ އާބިޓްރޭޝަން ރޫލްސް ވަނީ ޝާއިއުކޮށްފަ އެވެ.