މިއަދު ރާއްޖޭގައި 20 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ރަނގަޅުވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވްވި 20 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 15 މީހަކާއި އަތޮޅު ތެރެއިން ރަށްރަށުން ޕޮޒިޓިވްވި 2 މީހަކާއި ހިނގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި އެކަކުގެ އިތުރުން ރާއްޖެއިން ބޭރުން ޕޮޒިޓިވްވި މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13،368 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 47 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 12،706 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 607 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 67 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 48 އަށް އަރާފައެވެ. އެއީ 41 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 48 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.