ޅ. ނައިފަރުގެ އަންހެނުން 8 ޓަނުގެ މަސް ބާނައިފިއެވެ.

މިއަދަކީ މަސްވއރިންގެ ދުވަސް ކަމަށާއި އެ ރަށުގެ އަންހެނުން މަިއަދު މަހަށް ނުކުމެ 8 ޓަނުގެ މަސް ބާނާފައިވާ ކަމަށް ޓްވިޓާގައި މަޝްހޫރު ޒުވާން މަސްވެރިޔާ ހަސަން ސާޖިން ވަނީ ބުނެފައެވެ. އޭނާ ބުނީ ނައިފަރުގެ އަންހެނުން މިއަދު ބޭނި 8 ޓަނުގެ މަސް ފެލިވަރަށް ކިރާފައިވާ ކަމަށެވެ.

ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފަށަފައި ވަނީ މީގެ 40 އަހަރު ކުރިންނެވެ. އެދުވަސް ފާހަގަ ކުރަން ފެށީ ރެޔާއި ދުވާލު، އަތްވާއި ވާރޭގައި، މަސްވެރިން ކުރަމުން އައި ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށާއި މުޖުތަމައުގައި މަސްވެރިންގެ ގަދަރާއި އިއްޒަތް ހިފެހެއްޓުމުގެ މަގްސަދެއްގައެވެ. ހަމައެއާއެކު، ގައުމުގެ އިގްތިސޯދުގައި މަސްވެރިކަމުގެ ހިއްސާ އިތުރުކުރުމަށްޓަކައި މަސްވެރިންނަށް ހިތްވަރުދީ މަސްވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ވެސް މެއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ރިސޯޓުތައް މި އަހަރު ކުރީ ކޮޅު ހުއްޓިގެން ދިޔަ އިރު މުޅި ރާއްޖެ ފުރަބަންދު ކުރުމުން މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ގެއްލުއްތަކެއް ވަނީ ކުރިމަތިވެފައެވެ. އެ ގޮތުން ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ހެން ހުއްޓި ރިސޯޓް މާކެޓަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފަރުމަހުގެ މަސްވެރިކަމަށް ވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.

މިއަދު މަސްވެރިންގެ ދުވަހަށް ވީ އިރު ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނެއް ވަނީ އިފްތިހާހު ކޮށްފައެވެ. މި ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖްލސާ ވަނީ ގުޅި ފަޅު ސަރަަހއްދު ކަނަޑުމަތީގައި ބާއްވާފައެވެ. މި ބައްދަލު ވުމުގައި 100 އެއްހާ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯނި ވަނީ ބައިވެރިވެފައެވެ. އަދި މަސްވެރިކަމުގައި އެ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ހުތަސްތަކުގެ ޝުއޫރު އޮޑީވެރިންނާއި މަސްވެރިން ވަނީ ފާޅުކޮށްފައެވެ.