ޖަލަކީ ދިވެހި ޒުވާނުން މުޅި އުމުރު ހޭދަކުރަންޖެހޭ ތަނެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން، މާފުށީ ޖަލުގައި ތިބި ގައިދީންނަށް އަމާޒުކޮށްގެން ބޭއްވި ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް 3 ގެ ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ އެކި ސަބަބުތަކާހުރެ ގޯސް މަގު ހިޔާރުކުރެވޭ މީހުންނަށް، އަލުން އަނބުރާ ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ދިރިއުޅުމެއް ބިނާކުރުމަށް އެހީވުމަކީ ސަރުކާރުން އިސްކަން ދޭ ކަމެއް ކަމަށެވެ.
އެގޮތުން ގައިދީންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ އަލުން އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި ހިންގާ އެފަދަ ކޯސްތަކަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ކޯސްތަކެއް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިމްރާން ވަނީ ގައިދީންނަށް އަމާޒުކޮށްގެން ބޭއްވި ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 3 ގެ ކޯސްތައް ފުރިހަމަކުރި ގައިދީންނަށް މަރުހަބާ ދަންނަވާފައެވެ.
އެމްސީއެސް އިން އިންތިޒާމުކޮށްގެން ބޭއްވި ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް 3 ގެ އެކި ކޯސްތަކުން ޖުމްލަ 131 ގައިދީން ކޯސް ފުރިހަމަކޮށްފައިވާ ވާއިރު، މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރެވިފައިވަނީ މި ވަގުތު ޖަލުގައި ތިބި 50 އިދީންނަށެވެ. މީގެ އިތުރުން ހަޔާ ޑިސްޓިންކްޝަން ހާސިލްކުރި 18 އަންހެން ގައިދީންނަށާއި 20 ފިރިހެން ގައިދީންނަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ.
ތި ބުނާ ޒުވާނުންނަކީ ޒިޔަތުމެން އަދީބުމެން ފަދަ ފައިސާވެރިން. ޖަލުގަ ތިބި ނިކަމެތިން ޖެހޭނީ އެމީހުންގެ ޒުވާން އުމުރު އެކީހެން ތޭރިތައް ފަހަތުގައި ހޭދަކުރަން. ނުކުންނައިރު ތިބޭނީ މުސްކުޅިވެފައި ވިއްޔާ..