މާލޭ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯ ހިންގަން ހަވާލުކޮށްފި ނަމަ ވަރަށް ބޮޑު ކުރިއެރުމެއް ގެންނާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން، އޭޝިއާ ސަރަހައްދުގެ ޔުޓިލިޓީ ކުންފުނިތަކަށް ދޭ، އޭޝިއަން ޕަވާ އެވޯޑްސްގެ، ސީއީއޯ އޮފް ދަ އިޔާ އެވޯޑު ހާސިލު ކުރައްވައިފައި ވާ، ސައީދު ވިދާޅުވީ، މާލެ ރީޖަންގެ ކަރަންޓުގެ ހިދުމަތް ދިނުމުގެ ކަންކަން އެ ކުންފުންޏާ ހަވާލު ކޮށްފިއްޔާ އެކަމަށް މަރުހަބާ ވިދާޅުވާނެ ކަމަށެވެ. އެގޮތުން ސްޓެލްކޯ ހިންގަން ލިބިއްޖިއްޔާ ވަރަށް ބޮޑު ކުރިއެރުމެއް ގެނެވިދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ސްޓެލްކޯ މިހާރު ހިންގަމުން ގެންދަނީ ގޯސްކޮށް ކަމަށް އެއް ގޮތަކަށްވެސް ވިދާލުވަނީ ނޫން ކަމަށާއި ނަމަވެސް ފެނަކައަށް ސްޓެލްކޯ ހިންގަން ލިބުމުން ކުރިއެރުން ގެނެވިދާނެ ބައިވަރު ގޮތް ގޮތް ހުރިކަމަށް ދެވެވަޑައިގަންނަވަނީ ކަމަށެވެ. އެ ގޮތުން ތަފާތު ވަސީލަތްތައް ބޭނުން ކޮށްގެން އާ ގޮތް ގޮތަށް ކަންކަން ބައްޓަން ކޮށްގެން ތަރައްގީ ގެނެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިގެ މުސްތަގްބަލާ ދޭތެރޭ ފޮނި އުންމީދުތަކެއް ކުރައްވާ ސައީދު ވިދާޅުވީ، ފެނަކަ މިހާރު ހިންގަމުން ދަނީ ފެނަކައިގެ އަމިއްލަ ވަންތަކަމުގައި ފެނަކައަށް ލިބޭ އާމްދަނީން ކަމަށެވެ.
ދިވެހިރާއްޖޭގެ ޔުޓިލިޓީ ކުންފުންޏެއް އޮޕަރޭޓް ކުރެވޭނެ އެންމެ ހަރުދަނާކޮށް އެ ކުންފުނި ހިންގަމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މިހާރުގެ ފެނަކައަކީ ރައްޔިތުންނަށް އެންމެ މަންފާ ކުރާނެ އެންމެ އިތުބާރު ހިފޭނެ އެއް ކުންފުނި ކަން ސައީދު ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު ފެނަކައިގެ މުވައްޒަފުންނަކީ ވެސް ވަރަށް ޑިސިޕްލިން ކަންކަމަށް ފަރުވާތެރި މަސައްކަތުގެ އަހުލާގާއި މަސައްކަތުގައި ގެންގުޅެން ޖެހޭ ހުރިހާ އެތިކްސްއެއް ގަބޫލު ކޮށްގެން، ފޮލޯ ކޮށްގެން މަސައްކަތް ކުރާ މުވައްޒަފުން ތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
2025 އަށް ފެނަކައިގެ ތަސައްވުރުގައި އެންމެ މުހިއްމު ކަމަކަށް ހިމަނާފައި ވާނީ ރައްޔިތުންގެ އިތުބާރު ހިފެހެއްޓޭ ޔުޓިލިޓީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމާ އެކު މުޅި ރާއްޖޭގެ ފެނަކައިގެ ހިދުމަތްދޭ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތައިން 70 އިންސައްތަ ގާއިމް ކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ، މިހާރުގެ ފެނަކަ އަކީ ކުރީގެ ފެނަކަ ނޫން ކަމަށާއި މިހާރު އެ ކުންފުންޏަށް ސާފު އޮޑިޓް ރިޕޯޓެއްވެސް ނެރެވިއްޖެ ކަމަށެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހުނަރުވެސް ދަސްކޮށްދެވިފައި ވާ ކަަމަށާ، ފެނަކައިގެ ހިދުމަތް ލިބޭ ރައްޔިތުން އެ ކުންފުންނަށް އިތުބާރު ކުރުމަށް އެދިވަޑައިގަންނަވާ ކަަމަށް ސައީދު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަން ވުޖޫދަށް އައިސްފައި ވަނީ ޖޫން 18، 2012 ގައެވެ. އެ ދުވަހަށް ފަހު 2018 ވަނަ އަހަރުގެ ނިޔަލަށް މާލީ ގޮތުންނާއި އުމްރާނީ ގޮތުންނާއި ހިންގުމުގެ ގޮތުން އަދި އިޖްތިމާއީ ގޮތުން އެ ކުންފުނި ވަނީ ވަރަށް ދަށުގައެވެ. 2018 ވަނަ އަހަރުވެސް އެ ކުންފުންޏަށް 143 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ނަމަވެސް މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 35.9 މިލިއަން ރުފިޔާ ލިބިފައެވެ.
މިފަދަ ބޮޑު ބަދަލެއް އައިސްފައި ވަނީ ކުންފުނި ހިންގުމުގައި އާއި ކުންފުނީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. މިފަދަ ބޮޑު ކުރިއެރުމެއް އެ ކުންފުންޏަށް ލިބުނީ ވައްކަމާއި ފަސާދަ އާއި ކޮރަޕްޝަނާއި އިސްރާފުން ކުންފުނި ސަލާމަތް ކޮށްގެން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
މިހާރުގެ ފެނަކަ ތަފާތު ކަމަށް ސައީދު ވިދާޅުވާ އިރު، ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ނިމިދިޔަ ސަރުކާރާއި ހިނގަމުން މިދާ ސަރުކާރުގައިވެސް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް އޮތް ކުންފުންޏެވެ. އަދި ސައީދުގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ 22 މައްސަލައެއް މިހާރުވެސް އޭސީސީން ބަލަމުން އެބަ ގެންދެއެވެ.
އެ މައްސަލަތަކާ ގުޅިގެން ސައީދު ވިދާޅުވީ، އެއީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުން ދިޔަ ބަޔަކަށް އެ ދޮރު ބަންދު ކުރުމާ ގުޅިގެން އޭނާގެ މައްޗަށް ހަސަދަވެރިކަން އުދެފި ބަޔަކު މީހުން ޖެއްސި މައްސަލަތަކެއް ކަމަށާއި، ކޮރަޕްޝަނުގެ އެއްވެސް އަމަލެއްގައި އޭނާ ބައިވެރިވެވަޑައިގެން އަދި އޭނާއަށް މަންފާއެއް ލިބޭ ގޮތަށްވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.
ފެނަކަ ކުންފުނި އެއީ ފެން ނަރުދަމާ އަދި ކަރަންޓު މިތިން ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ މައި ކުންފުނި ނޫންތަ؟
ހަމަ ރަނގަޅަށް! ފެނަކަ ދަވާ ނިމުނީ؟ މިހާރު ސްޓެލްކޯއަށް ކުޅު ދިޔާވެފަ؟ ނޫނޭވާ ކަމަކަށް ފިސާރި ލޯބި ޖެހިފަ އެބަހުރިތާ!
ފެނަކައަށްވުރެ ގިނަ ވައްކަން ކުރާ ތަނެއް މިގައުމަކުނެތް، އެވަރުންވެސް އަބެއްތަނެއް ދޭށޯލަ،
މީނާގެ 200 އެތައް މައްސަލައެއް އޭސީސީގައި އެބަ އޮތް... އެވަރުންވެސް އެބުނަނީ ހަސަދަވެރިކަމޭ
ވަގު ސައީދު އެންސްޕާ ވަގު އިބުރޭ އާދެމީހުން ވެގެން ފެނަކަ ދަވާލާފަ އަނެއްކާ އަނެއްތަނެއް ހޭ އަރުވާލަން. ހެހެހެ
މުއައްޒަފުން އިދަ ޖައްސާފަ ތި އިންޖީނުގެތައް ހިންގަނީ.
އަދިވެސް ކާލެވޭވަރު މަދީކަންނޭގެ