މާލޭގެ ދެވިނަމަގު މައްޗަށް ވެއްޓިފައި އޮތް ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ދެވިވަމަގުމައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:03 ހާއިރު ލިބިފައިވާ ކަމަށެވެ. އެއީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް އެމީހާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިންވެސް މާލޭގެ މަގުމައްޗަށް މީހުން ވެއްޓުމުގެ ތަފާތު ހާދިސާތައް ހިނގާފައި ވެއެވެ. ހާއްސަކޮށް ކޮވިޑްގެ ތެރޭގައި މަގުމައްޗަށް ވެއްޓުނު މީހަކު ހޮސްޕިޓަލަށް ގެންދިޔަ އިރު ނިޔާވެފައި ވުމާއި، އިތުރު މީހަކު މަގު މައްޗަށް ވެއްޓި މަރުވެގެން އައިޖީއެމްއެޗަށް ގެންގޮސް ކޮވިޑަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ވުން ފަދަ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.